English Edition
Dhivehi Edition
މަޖިލިސް

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާކުރުމުގރ ރަސްމިއްޔާތު އަންނަ މަހު ބޭއްވުމަށް ނިންމާފައިވާކަމަށް މަޖިލީހުން ބުނެފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ އެ އޮންނާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށް. އަސްލަމް ވިދާޅުވީ މިހާރު، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ކުރަން ޖެހޭ މަސައްކަތްތައް މަޖިލީހުން ފަށާފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށާ، ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި މަހުގެ 15 ވަނަ ދުވަހު ކަން ވެސް އަސްލަމް އިއުލާނުކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެހާތަނަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށްދަވާނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާއިރު އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 93 ދާއިރާގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވަނީ ހޯދާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ތާޢީދާއެކު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ޢަދަދު 74 އަށް އަރާ. އިދުކޮޅު މައި ޕާޓީ އަދި ހިނގަމުންދާ މަޖިލީހުގައި ސުޕަ މެޖޯރިޓީ ހޯދި އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ.