ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ. ރޭ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށެވެ. އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާޞިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފައެވެ.
އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 1500 ދަރިވަރުން ވާދަކޮށްފައިވެއެވެ.