English Edition
Dhivehi Edition
ފޮޓޯ: ރާއްޖެއެމްވީ

އަޅުކަމަކީ ނުވަތަ ހެޔޮ ޢަމަލަކީ ހަމަ އެކަނި ވަކި ދުވަސްވަރަކަށް ނުވަތަ، ވަކި މައްސަރަކަށް ޚާއްސަވެ، ކުރުމަށް ކަނޑައެޅިފައިވާ ކަމެއް ނޫންކަމަށާއި އަޅުކަމަކީ ދުނިޔޭގައި ދިރިހުރިހާ ދުވަހަކު، މަރުވެ ދަންދެއްނެވެސް އަދާކުރަން ޖެހޭ، ނުވަތަ ކުރަން ޖެހޭކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭށެވެ” މި މައުޟޫޢު އަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިއަދު ކުރިއަށް ގެންދިޔަ ހުކުރު ހުތުބާގައި ބުނީ އަޅުކަމަކީ ނުވަތަ ހެޔޮ ޢަމަލަކީ ހަމަ އެކަނި ވަކި ދުވަސްވަރަކަށް ނުވަތަ، ވަކި މައްސަރަކަށް ޚާއްސަވެ، ކުރުމަށް ކަނޑައެޅިފައިވާ ކަމެއް ނޫންކަމަށާއި އަޅުކަމަކީ ދުނިޔޭގައި ދިރިހުރިހާ ދުވަހަކު، މަރުވެ ދަންދެންވެސް އަދާކުރަން ޖެހޭ، ނުވަތަ ކުރަން ޖެހޭކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަސް ނިމުމުން ވެސް ހެޔޮކަންތައް ކުރުން މަތީ ދެމިތިބެން ޖެހޭނޭކަމަށެވެ. އަދި ކޮންމެ މުސްލިމަކުވެސް އެމީކަހާއި އެމީހެއްގެ މަރު ބައްދަލުކޮށްފުމަށް ދާން ދެން އަޅުކަން ކުރުންމަތީ ދެމިތިބެން ޖެހޭކަމަށް ހުތުބާގައި ވަނީ ބުނެފައވެ. ﷲ އަހަރެމެން އިންސާނުން ހައްދާ ދުނިޔެއަށް ފޮނުއްވެވީ އެބަހީ އަޅުގަނޑުމެން އިންސާނުން ހަލްގުކުރެއްވި މަޤްސަދަކީ ވެސް އެކަލާންގެ އަށް އަޅުކަން ކުރުން ކަމަށާއި. އަދި މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި އެކަނި ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫންކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އަދި މުޅި ހަޔާތުގަވެސް އަޅުކަން ކުރުން މަތީ ދެމި ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައިއެވެ. ނަމަވެސް ބައެއް މޫސުންތަކުގައި އަޅުކަން ކުރުން އިތުރުވާ ކަމަށާއި ރަމަޟާން މަހަކީ އެފަދަ މަހެއް ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައިވެއެވެ. އަދި ފުރިހަމަ މުއުމިނަކު ދުވަހަކުވެސް އަޅުކަންކުރުމަށް އަލްވަދާއު ނުކިޔާނެކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށް ފަހު އެންމެ މުހިންމު ކަމަކީ އެ އަމަލު ޤަބޫލުކުރައްވާތޯ ﷲ އަށް ދެންނެވުމާއި، އެ އަމަލުކުރުން މަތީ ދެމި ހުރުމުގެ ތައުފީގަށް އެދި ދުއާކުރުން ކަމަށެވެ. އަދި ހެޔޮކަމަށް އެދޭ މީހާ އެވަހަށް އަވަސްވެގަންނަން ޖެހޭ ކަަމަށް ހުތުބާގައިވެއެވެ. ހަމައެހެންމެ ރަހްމަތުގެ ދޮރުކޮޅު ވަނީ އެ ދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައި ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ރޯދަ މަހަށް ފަހުވެސް ގަވާއިދުން ނަމާދުކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުތުުބާގައި ވަނީ އެއްވެސް ސަބަބަކާއި ހުރެ ސުންނަތް އަޅުކަމެއް ދޫވެއްޖެ ނަމަ އެކަމެއް ފިލާ ދިއުމުން އެ އަޅުކަން ކުރުމަށް އަވަސްވެގަންނަން ގޮވާލާފައެވެ. އުޒުރަކާއި ހުރެ ދޫވި އަޅުކަމުގެ ސަވާބު ﷲ ފުރިހަމައަށް ދެއްވާނެކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ހުކުރު ހުތުބާގައި ވަނީ އަހަރެމެންގެ ފަހުގެ މަންޒިލަކީ ކޮބާކަން ހަނދާނަށް ގެނައުމަށާއި، ސުވަރުގޭގެ ހަޔާތަކީ އަބަދީ ހަޔާތްކަން ހަނދުމަކޮށްދީފައެވެ.