English Edition
Dhivehi Edition

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން މިހާރު ފިތުރު ޒަކާތް ދެއްކޭނެ މަގެއް އުރީދޫއިން ބުނެފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު އޮންލައިން ކޮށް އުރީދޫގެ އެމްފައިސާއިން ފިތުރު ޒަކާތް ދެއްކާނީ:

  • އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެންގެވުން
  • ފިތުރު ޒަކާތް ބެނާއަށް ފިއްތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކުރަން
  • ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލުން
  • ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލުމުން، އޯޓީޕީ ލިބޭނެ
  • އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ

ޓެގު