އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ އަށާރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ވަންޕޮޓް ސްޕިނެޗް މަޝްރޫމް ޕާސްތާ ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ ކޮށާފައި
8 އައުންސް މަށްރޫމް
2 ލޮނުމެދު ޗޮޕްކޮށްފައި
1/4 ރެޑް ޗިލީ ފްލޭކްސް
1 މޭޒުމަތީ ސަމުސާ ލޮނު
4 ޖޯޑު ޗިކެންސްޓޮކް (ގިރާފައި)
8 އައުންސް ޕާސްތާ
5 އައުންސް ބޭބީ ސްޕިނެޗް
1/2 ޖޯޑު ޕާމެސަން ޗީޒް (ގާނާފައި)
1 މޭޒުމަތީ ސަމުސާ ލުނބޯހުތް
ތައްޔާރުކުރާނެގޮތް:
ތެލި އުނދުން މައްޗަށް އުދާފައި އޮލިވް އޮއިލް ، ފިޔާ އަދި މަޝްރޫމް އަޅާފައި 7 މިނެޓް ވަންދެން ރޯފިލުވާށެވެ. ދެން ލޮނުމެދު އަދި ޗިލީފްލޭކްސް އަޅާފައި އެއްމިނެޓް ވަންދެން ކައްކާލާށެވެ. ދެން ލޮނު އަދި ޗިކެން ބްރޮތް 4 ޖޯޑު އަޅާފައި ޕާސްތާ ވެސް އެޅުމަށްފަހު ޕާސްތާ މަޑުވަންދެން 10ވަރަކަށް މިނެޓް ވަންދެން ދޭތެރެއަކުން ހަލުވަމުން ކައްކާށެވެ.
ޕާސްތާ މަޑުވީމަ އުނދުން ނިއްވާލާފައި ސްޕިނެޗް އަޅާފައި މަތިޖަހާފައި 2 މިނެޓް ވަންދެން ބަހައްޓާށެވެ. ދެން ޗީޒް އާއި ލުނބޯހުތް އެޅުމަށްފަހު ސާރވް ކުރާށެވެ.
ނޯޓް: މި ޑިޝް ކާން އެންމެ ރަނގަޅީ ތައްޔާރުކޮށް ނިމިގެން ވަގުތުންނެވެ.