English Edition
Dhivehi Edition

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445 ގެ ކުއާޓާ ފައިނަލުގެ ފަހު ދެމެޗުގެ ކުޅުން މިރޭ އޮންނާނެއެވެ.

ކުއާޓާގެ މެޗުތަކުގެ ކުޅުން ރޭގައި ފެށިފައިވާއިރު، ރޭގައި ވަނީ ދެ މެޗު ކުޅެފައެވެ. ރޭގައި ކުޅުނު ދެމެޗަކީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ޔުނައިޓެޑް އައުޓްރީފް ބައްދަލުކުރި މެޗާއި ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ބެސްޓް ސްޕޯޓްސް ކުލަބް އަދި ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ކިއުއެމް ސްޕޯޓްސް އެކަޑަމީ ބައްދަލުކުރި މެޗެވެ.

ރޭގެ މެޗުތަކުން މޮލުވެ ސެމީ ފައިނަލުގެ ޖާގަތައް ޔަގީންކުރީ އައުޓްރީފް ސްޕޯޓްސް ކުލަބާއި އަދި ބެސްޓް ސްޕޯޓްސް ކުލަބެވެ.

މިރޭ ކުޅޭނީ ކުއާޓާގެ ފަހު ދެމެޗެވެ. އެގޮތުން މިރޭ 9:30 ގައި ކުޅޭ ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ރަސްހިންނެ ސްޕޯޓްސް ކުލަބް އަދި ގުރޫޕް އޭ އިން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދި ކަންމަތި ސްޕޯޓްސް ކުލަބެވެ.

މިރޭ ކުޅޭ ކުއާޓާ ގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ކިންގް ސްޕޯޓްސް ކުލަބާއި އަދި ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.