English Edition
Dhivehi Edition
މުއިއްޒު ތިނަދޫ އަށް ވަޑައިގަތުން /ފޮޓޯ:ޕީޕީއެމް

މިދިޔަ ބުރާސް ފަތި ދުވަހުގެ ރޭ ސިންގަޕޫރަށް ކުރެއްވި ނުސްރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒުގެ ދެ ކަނބަލުން ރާއްޖެވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

އެ އޮފީހުން ބުނީ ރައީސް ރާއްޖެއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.

މި ދަތުރުފުޅުގެ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ރައީސް ވަނީ މީގެ ކުރިން ތުރުކީ ވިލާތައްވެސް އަމިއްލަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާާއްޖެއަށް ގިނަ އެހީތަކެއް އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. އެގޮތުން އަސްކަރީ އަދި އިގްތިސާދީ އެހީތައް ތުރުކީ ވިލާތުން ހޯއްދަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިހާތަނަށް ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ ޗައިނާ އަށާއި ދުބާއީ އަށެވެ. ޗައިނާއިން ގިނަ އެހީތަކެއް ރައީސް މުއިއްޒު ވަނީ ހޯއްދަވާފައެވެ. އަދި ދުބާއީ އަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމަށް ބޭއްވި “އިންވެސްޓް މޯލްޑިވްސް” ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަތެވެ.