English Edition
Dhivehi Edition
އަލީ ޝިޔާން ފޮޓޯ: ޕޮލިސް މީޑިއާ

ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދަނީ ސ.ހުޅުދޫ ޖްބެލަރީ އަލީ ޝިޔާން 29 އަހަރުކަމަށެވެ

ޢަލީ ޝިޔާން ހޯދަމުންދަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދަޢުވާ އާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާރިޗު 25، 2024 ވަނަ ދުވަހުގެ 09:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އަލީ ޝިޔާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.

 

 

ޓެގު