English Edition
Dhivehi Edition
ފުލުހުންގެ ތަހުގީގަށް ހޯދަމުން ދާ މީހެއް ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ތަހުގީގުކުރަމުން ދާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ތަހުގީގުކުރަމުން ދާ މައްސަލައާއި ގުޅިގެން ހޯދަމުން ދަނީ މުހައްމަދު ނާޝިދު، ސ. ހިތަދޫ / އޮނިތޮށިގެ (53އ)އެވެ.

ފުލުހުން ބުނީ މި މީހާ ހޯދަމުން ދަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. މިގޮތުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުން ވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މާރިޗު 28، 2024 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވުމަށް އަންގާފައެވެ.

ޓެގު