English Edition
Dhivehi Edition

ހާރުކެއުމަކީ ރޯދައިގެ އެންމެ މަތިވެރިވެގެންވާ އެއްސުންނަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (تَسَحَّرُوافَإِنَّفِيالسَّحُورِبَرَكَةً) متفقعليه (رواه البخاري ومسلم)

މާނައީ: “ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރަށްކާ ކެއުމުގައި ބަރަކާތްވެއެވެ”

އަދި ހާރުކެއުން ލަސްކުރުމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ކަމެކެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހާރުފަރިއްކުޅުވަނީ ފަތިސްވުމުގެ އިރުކޮޅެއްކުރީންނެވެ.

عَنْ أَنَسِ بْنِ مَالِكٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أنَّهُمْ تَسَحَّرُوامَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ قَامُوا إِلَى الصَّلَاةِ قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُخَمْسِينَ أَوْسِتِّينَ يَعْنِ يآيَةً. رواه البخاري: 550.

އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު އެކަލޭގެފާނަށް ބަޔާންކޮށްދެވިކަމަށް ރިވާކުރައްވައެވެ. އެބޭކަލުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ހާރުފަރިއްކުޅުވިއެވެ. އެޔަށްފަހު އެބޭކަލުން ފަތިސްނަމާދު ކުރުމަށް ތެދުވެވަޑައިގަތެވެ. ދެންނެވީމެވެ. އެދެމެދުގައި ކިހާއިރެއްވާނެ ހެއްޔެވެ؟ (ޒައިދު ބިން ޘާބިތް ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. “ފަންސާސް ނުވަތަ ފަސްދޮޅަސް އާޔަތުގެ މިންވަރެވެ.”

އެބަހީ ކިޔަވާހާ މިންވަރެވެ. އެއީ ގާތްގަނޑަކަށް ދިހަމިނިޓްވަރެވެ.

 

މަޢުލޫމާތު: ޢިލްމުވެރިންގެ ފަތުވާތަކުން