English Edition
Dhivehi Edition

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތް ފަށައިފިއެވެ. މުބާރާތުގެ ފުރަތަމަ ރޭ ތިން މެޗު ކުޅުނެވެ.

މުބާރާތުގެ ފުރަތަމަ ތިން މެޗު ކާމިޔާބުކުރީ އައުޓްރީފް އެސްސީއާއި, ބެސްޓްއާއި, ޔުނައިޓެޑް އައުޓްރީފްއެވެ.

އައުޓްރީފް އެސްސީ މެޗު ކާމިޔާބުކުރީ ވައިއާރްސީއާއި ވާދަކޮށް 3-1 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައުޓްރީފް އެސްސީގެ ސާމިން މުޙައްމަދު ނަސީރެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

ދެވަނަ މެޗު ބެސްޓް އިން ކާމިޔާބުކުރީ ފޮއެމަތި އެސްސީ އާއި ވާދަކޮށް 14-0 ބޮޑު ތަފާތަކުންނެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކީ ބެސްޓް ގެ އަޙުމަދު ޙަލީމް (އަންމަޑޭ) އެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.

ތިންވަނަ މެޗު ޔުނައިޓެޑް އައުޓްރީފް އިން ކާމިޔާބުކުރީ އެމްއެންޑީއެފް ސީއޭސީ އާއި ވާދަކޮށް 0-6 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް އައުޓްރީފްގެ މުޙައްމަދު ރަޒާންއެވެ. މިއީ ގްރޫޕް ސީގެ މެޗެކެވެ.

މުބާރާތުގައި ހުކުރު ދުވަހުގެރޭ ވެސް ތިން މެޗު ކުޅޭނެއެވެ. މާދަމާރޭ ކުޅޭ ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ މެޗެވެ. އެގޮތުން މާދަމާރޭ ކުޅޭ 16 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފޮއެމަތި ޖޭއާރް އަދި ބެސްޓް ޖޭއާރް އެވެ. މި މެޗު ފަށާނީ މާދަމާރޭ 9:30 ގައެވެ.

މާދަމާރޭ ދެން ކުޅޭނީ 16 އަހަރުން މަތީގެ ދެ މެޗެވެ. އެގޮތުން 10:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެސްސީ އާއި އެފްއެމް އެސްސީއެވެ. މިއީ ގުރޫޕް އޭގެ މެޗެކެވެ. އަދި 11:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ އާއި ބިގް ޝޮޓްއެވެ. މިއީ ގުރޫޕް ބީގެ މެޗެކެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ގައި ހުކުރު ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

16 އަހަރުން ދަށް / ފޮއެމަތި ޖޭއާރް – ބެސްޓް ޖޭއާރް (9:30)

16 އަހަރުން މަތި/ ކަންމަތި އެސްސީ – އެފްއެމް އެސްސީ (10:30)

16 އަހަރުން މަތި/ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ – ބިގް ޝޮޓް (11:30)

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން, ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ގްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް

ކިޓް ޕާރޓްނަރ: ބަމްބަމްބީ

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް ފުޓްސަލް ކަޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.