English Edition
Dhivehi Edition

ކޮންމެ ކަމެއް ވެސް ކުރުމުގެ ކުރިން އެކަމަކާއި ގުޅޭ، އެކަން އެންމެ ރަނގަޅު ގޮތުގައި ކުރުމަށް ކަމާއި ގުޅޭ މައުލޫމާތު ހޯދާ ދެނެގަތުމަކީ މުހިންމުކަމެކެވެ.

ހަމަ އެގޮތަށް އަޅުކަންތަކުގައި ވެސް އެ އަޅުކަމެއް އެންމެ ހެޔޮގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް، އެކަމަކާއި ގުޅޭ ޝައްޚަ މައުލޫމާތު ހޯދާ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ އަޅުކަމެއް އެންމެ އެދެވޭ ގޮތުގައި ނުކުރެވި، އެ އަޅުކަމަށް ލިބެންވާ ފުރިހަމަ ދަރުމައާއި ސަވާބު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އަޅުގަނޑުމެންނާއި ދެން އެންމެ އަވަހަށް ބައްދަލުވާނީ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެވެ. މި މައްސަރު އެންމެ ހެޔޮވޮތުގައި ލިބިގަތުމަށް އެ މަހާއި ގުޅޭ މައުލޫމާތުތައް ހޯދާ ދެނެގަތުން ވަރަށް ވެސް މުހިންމެވެ. ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފާނޭ ގޮތާއި، މިހެން ގޮސް ރޯދައާއި ގުޅޭ އެންމެހާ ޚުކުމްތަކެއްގެ ދެނަތުމަކީ މުހިންމުކަން ބޮޑު ކަމެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ އެމަހުގައި ހެޔޮ އަޅުކަންތަކުގެ ސަވާބު އިތުރުވާ މަހަކަށްވީއިރު ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމަށް އިސްނަގާށެވެ. ރަމަޟާން މަހާއި ބެހޭގޮތުން މައުލޫމާތު ހޯދައި ސަވާބު ހޯދޭނެ ގޮތްތައް އުގެނޭށެވެ.

ލައިލަތުލް ގަދުރި ވިލޭރޭ ފަދަ މާތް ރޭތައް މި މައްސަރުގައި ހިމެނޭއިރު މިރަނުގެ ފުރުސަތު ދޫކޮށްނުލާށެވެ.