އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަވާ ކެންޑިޑޭޓް މުޙައްމަދު ސިޔާމް ފޯރިގަދަ ހަފްލާއަކާއެކު މާހެފުމުގެ އިވެންޓެއް ބާއްވައިފިއެވެ.
އިއްޔެ ހަވީރު ދިރާގު އިމާރާތް ހުންނަ ސަރަޙައްދުގައި ބޭއްވި މި މާހެފުމުގައި ދާއިރާގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެ ސިޔާމަށް އޮތް ތާއީދު ދައްކާލާފައެވެ.
ކެންޑިޑޭޓް ނަމްބަރު 1 އާއެކު ސިޔާމް ދާއިރާއަށް ވާދަ ކުރައްވަވަނީ “ބަދަލު ގާނޫނުން” މި ސްލޯގަން އާއެކުގައެވެ. މި ސްލޯގަން އާއެކު ފޯރިގަދަ ކެމްޕެއިނެއް ކުރައްވަވަމުން އަންނައިރު ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމާއި ސިޓީގެ ފެންވަރަށް ލިބެންޖެހޭ ޚިދުމަތް ލިބި ތަންފީޒުވުމުގައި ޤާނޫނުން ބަދަލުތައް ގެނެސް އެކަމަށް ވަކާލާތުކޮށްދިނުމަކީ ސިޔާމްގެ ކެމްޕެއިން ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބުން ހޯއްދެވި ފުރިހަމަ ކާމިޔާބީ އާއެކު މަޖިލިހުގެ ގޮނޑި ކުރިއަށް އޮތް ދައުރަށް ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ސިޔާމަކީ ސިޔާސީ ދާއިރާގައި އަދި ލީޑަރޝިޕްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވެވި، އަދި ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރައްވަވަމުން ގެންދަވާ ޒުވާން ވިޔަފާރިވެރިއެކެވެ. ރައްޔިތުން އެދޭފަދަ ބަދަލު އައްޑޫސިޓީއަށް އަދި ހިިތަދޫ ދެކުނު ދާއިރާއަށް ގެނައުމުގެ އުއްމީދުގައި ސިޔާމް ނިކުންނެވީ ސިޔާސީ ދާއިރާގައި ލިބިލައްވަވާފައިވާ ގިނަގުނަ ތަޖުރިބާ ތަކާއި އެކުގައި ރައްޔިތުން އެދޭފަދަ ތަފާތު ބަދަލެއް މަޖިލިސް ތެރެއިން ހޯއްދަވައި ދެއްވަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއެކުގައެވެ.