English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސްލީގު ގަދަ 16 ވަނަ ބުރުގެ، ދެވަނަ ލެގުގައި ރެއަލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ފްރާންސްގެ ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.

އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުން ވެސް ޕީއެސްޖީ މޮޅުވެފައިވާއިރު، މި މެޗުން އެޓީމު މޮޅުވީ 2-0 ނަތީޖާއަކުންނެވެ.

ދެ ލެގުންވެސް މޮޅުވެ، މުބާރާތުުގެ ކުއާޓާއަށް ޕީއެސްޖީ ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މުޅި މެޗަށް ބަލާއިރުވެސް ރަނގަޅަށް ކުޅެ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ތަނަވަަސް ކުރީ ޕީއެސްޖީންނެވެ. ޕީއެސްޖީން މި މެޗުގެ ލީޑުނެގީ މެޗުގެ ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ކެޕްޓަން ކިލިއަން އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. މިއީ އެޓީމުގެ އުސްމާން ޑެންބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ވެސް އެމްބާޕޭއެވެ. އެމްބާޕޭ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 56 ވަނަ މިނެޓުގައެވެ. މި ލަނޑު އޭނާ ޖެހީ ލީ ކަންގްއިންގެ އެހީތެރިކަމާއި އެކުގަ އެވެ.

ރެއާލް ސޮސިއެޑާޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައި ވަނީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިކޭލް މެރީނޯ އެވެ.