English Edition
Dhivehi Edition
ނަޑެއްލާ ކައުންސިލާއި އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: -

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވުމުން އެ ރަށް ގިރާ މައްސަލަ ހައްލުކޮށްދޭން ކައުންސިލުން އެދިއްޖެއެވެ.

މި ބައްދަލުކުރެއްވުންއޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

“ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ދަތިކަން ހައްލުކުރުމަށާއި ރަށްގިރުމުގެ މައްސަލައާއި، ސްކޫލާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން، އަދި ރަށުގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ރަށުގެ ބިން ފުރިފައި އޮތުމުން ބިން އިތުރުކުރަން އެދޭކަމަށާއި، ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށާއި، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ކުރަންޖެހިފައިވާ ކަންކަމާއި، އަދި މިނޫސްވެސް ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރި,” -ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން ސަރުކާރުން ކުރިއަށްދާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ ޓީމުން ވަނީ އެރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.