English Edition
Dhivehi Edition

ރޯދަ މަހަށް ބޭނުންވާ ތަކެތި ހާއްސަ ޑިސްކައުންޓު ތަކަކާއެކު އުރީދޫ އޮންލައިން ވިޔަފާރި ޕްލެޓުފޯމް، މޫލީއިން ވިއްކަން ފަށައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މި ސޭލްގައި ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބެން ހުންނާނެކަމަށެވެ. މިގޮތުން މޫލީ ރޯދަ ސޭލްގެ ހާއްސަ ސެކްޝަނުން ފަރުނީޗަރު، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓާސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ގަންނަން ލިބޭނެއެވެ.

އުރީދޫއިން ބުނި ގޮތުގައި މި ސޭލް ރޯދަމަހުގެ ފަހު ދުވަހާ ހަމައަށް ކުރިއަށް ދާނެކަމަށާ ސޭލްގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ހާއްސަ ޑިސްކައުންޓަކާއެކު ލިބޭނެ އެއްޗެއްކަމަށެވެ. އަދި މޫލީ މެދުވެރިކޮށް ގަންނަ ކޮންމެ އެއްޗެއްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ހިލޭ ގެންގޮސްދޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. ރޯދަ މަސް ނިމެންދެން ކުރިޔަށްދާ މޫލީ ރޯދަ ސޭލްގައި ގަންނަ ކޮންމެ އެއްޗެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ޓެގު