English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ބްރިޖްގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކުރައްވާނެއެވެ.

ރައީސް އައްޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:20 ގައެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލާއ،ި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މާދަމާ ހުުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމާއ،ި އައްޑޫ ސިޓީ ހިތަދުއާއި ހުޅުދޫމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާއެވެ.

ކުރިއަށް އޮތް އެއް މަސްތެރޭގައި, ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ހުރިހާ ރަށެއްގެ ކައުންސިލަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.