English Edition
Dhivehi Edition

ތޫފާންކައިޓަކް ފިލިޕީންސް އަށް އަރާ ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން މިހާތަނަށް 26 މީހުން މަރުވެއްޖެއެވެ.

ބިލިރަން އައިލޭންޑްގެ ޑިޒާސްޓަރ ސެންޓަރުން ހަބަރު ފަތުރާ ވަސީލަތް ތަކަށް މައުލޫމާތު ދެމުން ބުނެފައުވަނީ މިހާތަނަށް ބޯ ވިއްސާރައާއި އެކު ކިސަޑު ފޭބުމުގެ ސަބަބުން 26 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި އެރަށުގެ ގަވަރުނަރު ޖެރާޑޯ އެސްޕިނާ ޖޫނިއާ ރޭޑިއޯ އަށް ދިން ބަސްތީގަތމެއްގަައި ވިދާޅުވީ އަދި 23 މީހަކު ވީނުވީއެށް ނޭނގިފައިވާ ކަމަށެވެ.

ފިލިޕީންސްގެ މެދު ސަރަހައްދުތަކަށް ކައިޓާކްގެ އަސަރުވަނީ ކޮއްފައެވެ. އެގޮތުން ގިނަ ސަރަހައްދު ތަކުން ކަރަންޓު ކަނޑައިގެން ވަމީ ގޮސްފައެވެ. އަދި 88000 މީހުން ވަނީ އިވެކުއޭޝަން ސެންޓަރު ތަކަށް ގެންގޮސްފައެވެ.

މިތޫފާނުގެ ސަބަބުން ދަތުރު ފަތުރު ވެސް ވަނީ ހުއްޓިފައެވެ. އެ ގޮތުން ފިލިޕީންސްގެ އެކި ބަނދަރުތަކުގައި 15000 ވަރަކަށް މީހުން ވަނީ ތާށިވެފައެވެ.

ތޫފާން ކައިޓަކް ވަނީ މެދު ފިލިޕީންސްގެ އެކި ރައްތަކަށް އަރާފައެވެ. މި ތޫފާނުގައި ގަޑިއަކު 31 މޭލު ބާރުމިނުގައި ވަނީ ވައި ޖެހިފައެވެ.