English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލައްވަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވަމުން މިއަދުގެ ރިޔާސީ ބަޔާނުގައ ރައީސް ވަނީ، އެގޮތުން ކުރައްވާނެ އެންމެ މުހިއްމު މަޝްރޫއަކީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން ކަމަށް ވިދާާޅުވެފައެވެ.

“މީގެ އިތުރުން، ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން. މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން.” ރައީސް ވިދާޅުވިއެވެ.