English Edition
Dhivehi Edition

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ޖަރުމަނުގައި ފަށާ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރާނެ ރެފްރީންގެ ނަންތައް އިއުލާނިކޮށްފިއެވެ.

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރުމަށް ހަމަޖެހިފައިވާ ރެފްރީންގެ އަދަދަކީ 18 އެވެ. އެގޮތުން މި މުބާރާތުގައި ރެފްރީކަން ކުރަން ހަމަޖެއްސި ރެފްރީންނަށް ބަލާއިރު، އޭގެތެރޭގައި ހިމެނޭ 18 ރެފްރީންނަކީ:

  1. މައިކަލް އޮލިވަރ (އިންގްލެންޑް)
  2. އެންތަނީ ޓޭލަރ (އިންގްލެންޑް)
  3. އާތުރު ސޯއަރެސް ޑައިސް (ޕޯޗުގަލް)
  4. ޖީސަސް ޒްވަޔަރންޒާނޯ (ސްޕެއިން)
  5. މާކޯ ގުއިޑާ (އިޓަލީ)
  6. އިސްޓްވާން ކޮވަކްސް (ބެލްޖިއަމް)
  7. އިވާން ކްރޫޒްލިއަކް (ސްލޮވޭކިއާ)
  8. ފްރާންސުއާ ލެޓެކްސިއާ (ފްރާންސް)
  9. ޑެނީ މަކެލީ (ނެދަލެންޑް)
  10. ޒިމޮން މާސިނިއަކް (ޕޮލަންޑް)
  11. ހަލީލް އުމުތު މެލަރ (ތުރުކީ)
  12. ގްލެން ނައިބަރގް (ސްވިޑެން)
  13. ޑެނިއެލް އޮރްސާޓޯ (އިޓަލީ)
  14. ސަންޑްރޯ ޝަރަރ (ސްވިޒްލެންޑް)
  15. ޑޭނިއަލް ސީބަރޓް (ޖަރުމަން)
  16. ކްލެމެންޓް ޓަރޕިން (ފްރާންސް)
  17. ސްލާވްކޯ ވިންޗިޗް (ސްލޮވީނިއާ)
  18. ފެލިކްސް ޒްވާޔަރ (ޖަރުމަން)