English Edition
Dhivehi Edition

އެމެރިކާއިން ސީރިއާ އާއި އިރާގުގައި ހުންނަ އިރާންގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އަމާޒުތަކަށް ރަސްމީކޮށް ހަމަލަދޭން ފަށައިފިއެވެ.

ޕެންޓަގަން އިން ރަސްމީކޮށް މިކަން އިއުލާނުކޮށްފައިވާއިރު، އެމެރިކާއިން ސީރިއާ އަދި އިރާގުގެ އައިއާރުޖީސީގެ އަމާޒުތަކަށް ހަމަލަތައް ދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމެރިކާއިން އައިއާރުޖީސީގެ އަމާޒުތަކަށް ހަމަލާތައް ދޭން ފަށާފައިވާއިރު، މިހާތަނަށް 85 އަމާޒަކަށް ވައިގެ ހަމަލާ ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އައިއާރުޖީސީގެ އެއްވެސް ފެސިލިޓީއަކަށް އެމެރިކާއިން ދިން މި ހަމަލާތައް އަމާޒުނުވާކަމަށް އީރާނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

އަދި އެމެރިކާއިން ދިން ހަމަލާތަކުގައި ލިބިފައިވާ އެއްވެސް ގެއްލުމެއްގެ ތަފްސީލެއް މިހާތަނަށް ރިޕޯޓުކޮށްފައިނުވާކަމަށް އަލް ޖަޒީރާއިން ބުނެއެވެ.

ސީރިއާ އަދި އިރާގަށް އެމެރިކާއިން ދިން މި ހަމަލާތަކާއި ގުޅިގެން އިރާނުން ވަނީ މި ހަމަލާތައް ހަރުކަށިއިބާރާތުން ކުއްވެރިވެސް ކޮށްފައެވެ. އަދި އީރާނުން ވަނީ އެގައުމުގައި ހުންނަ އެމެރިކާއިން އިރާނަށް ކަނޑައަޅުއްވާފައު ހުންނަ ޝަފީރު ހާޟިރުކޮށް ސުވާލުވެސް ކޮށްފައެވެ.

އިރާނުން ބުނީ އައިއާރުޖީސީގެ އަމާޒުތަކަށް އެމެރިކާއިން ދިން މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.