English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި، ރޮޒައިނާ އާދަމް އާއި ވާދަކޮށް އަހުމަދު ޝަރީފު (ޑުންގާ) ފޭދޫ އުތުރު ދާއިރާ ގެ ޓިކެޓް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ތިން ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މިހާރުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އެ ޕާޓީގައި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ އަންހެން ޝަހްސިއްޔަތެވެ.

ފޭދޫ އުތުރު ދާއިރާ އަށް ރޮޒޭ އާއި ވާދަކުރައްވައި އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ މީގެކުރިން، ފުޓްބޯޅައިގައި އާންމުންގެ ސަމާލުކަން ލިބުނު އަހުމަދު ޝަރީފު (ޑުންގާ) އެވެ. ޑުންގާއަކީ ފުޓްބޯޅައިގެ އޭ ލައިސަންސް އޮންނަ ކޯޗެއްގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޑުންގާ ރޮޒެއިނާގެ މައްޗަށް ކުރި ހޯއްދަވާ ޓިކެޓް ކަަށަވަރު ކުރެއްވި އިރު، މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ ޑުންގާއެވެ.

އެމްޑީޕީން ކުރިއަށްގެންދިޔަ އެޕާޓީގެ މަޖިލިސް ޕްރައިމަރީން ނާކަމިޔާބީއާ ކުރިމަތިވި ކެންޑިޑޭޓުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުންނާ ގުޅިގެން ކުރިއަށް ދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.