English Edition
Dhivehi Edition

މީޑިއާ އެޕްލިކޭޝަން، ބައިސްކޯފުގެ މަހު ފީ އެމް-ފައިސާއިން ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

އުރީދޫ އިން ބުނީ ބައިސްކޯފާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ފަސޭހަ ކަމާ ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދެއްކޭނެކަމަށެވެ. އަދި މިއީ ބައިސްކޯފު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

“އުރީދޫ އާއި ބައިސްކޯފާއެކު މި ވެވުނު އެއްބަސްވުމަކީ އަދި ހަމަ ފެށުމެއް. ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާއފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނަރޝިޕާއެކު ކުރިއަށް އޮތަތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރުތައް ލިބިގެންދާނެ.” އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

އެމް-ފައިސާ އަށް ރެޖިސްޓާ ވާން ބޭނުންނަމަ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭނެއެވެ.