English Edition
Dhivehi Edition
ރެސްކިއު ޑައިވިން ޕްރޮގްރާމް ފެށުން ފޮޓޯ: ފިޝަރީސް މިނިސްޓްރީ

މަސްވެރިންނަށް ހާއްސަކޮށްގެން ހިންގާ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އިއްޔެ ގދ. މަޑެވެލީގައި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިިޔާމްއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ14ގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭ ފަށަން ނިންމައިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މަޑަވެލީ 8 ދޯންޏަކުން، ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ސެޓްފިކެޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ 2 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ޕްރޮގްރާމް ނިމޭއިރު، އެ މީހަކަށް ޑައިވިންގައި ކުރިމަތިވާ ހާދިސާތަކަށް އެޓެންޑުވާނެ ގޮތް ދަސްކޮށްދޭނެކަމަށާ އަދި ޑީކޮމްޕްރެޝަން ޑައިވް ކުރެވި ކަމެއް ހިނގައިފިނަމަ އަވަސް ފަރުވާ ދޭނެ ގޮތް ވެސް ކިޔައިދޭނެކަމަށެވެ.

ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ލ އަތޮޅު، ގއ. އަތޮޅު އަދި އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ތަމްރީން ފެށުމަށްޓަކައި މިނިސްޓްރީން އަންނަނީ ކައުންސިލްތައް މެދުވެރިކޮށް މަސްވެރިންގެ ތެރެއިން ޑައިވް ކުރާ ފަޅުވެރިންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.