English Edition
Dhivehi Edition

އޭސިއާ ބައްރުގެ 24 ގައުމަކުން ވާދަކުރާ، ސަރަހައްދީ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭސިއަން ކަޕް 2023 ގެ ކުޅުން ރޭގައި ވަނީ ފެށިފައެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ގަތަރުގައި ރޭ މުބާރާތް ފެށިފައިވާއިރު، މުބާރާތް ހުޅުވާލަ ދިން މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގައުމު، ގަތަރު އަދި ލުބުނާނެވެ. މިއީ ގުރޫޕް އޭ ގެ މެޗެކެވެ.

މި މެޗު ފަސޭހަކަމާއި އެކު ގަތަރުން ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު، މި މުބާރާތުގެ ފޯރި ގަދަ މެޗުތަކެއް މިއަދާއި މިރޭވެސް ކުރިއަށް ދާނެއެވެ.

އެގޮތުން މިއަދުގެ މެޗުތައް ފެށިގެން ދާނީ ގުރޫޕް ބީ ގައި ހިމެނޭ އިންޑިއާ އަދި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުންނެވެ. އިންޑިއާ އަދި އޮސްޓްރޭލިއާ ބައްދަލުކުރާ މި މެޗު ފެށޭނީ މިއަދު ހަވީރު 4:30 ގައެވެ.

މީގެ އިތުރުން މިރޭ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗަކީ ގުރޫޕް އޭ ގައި ހިމެނޭ، ޗައިނާ އަދި ތަޖިކިސްތާން ބައްދަލުކުރާ މެޗާއި ގުރޫޕް ބީ ގައި ހިމެނޭ، އުޒްބެކިސްތާން އަދި ސީރިއާ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗެވެ.

މި މުބާރާތުގައި މިއަދާއި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

16:30: އިންޑިއާ – އޮސްޓްރޭލިއާ (ގުރޫޕް ބީ)
19:30: ޗައިނާ – ތަޖިކިސްތާން ( ގުރޫޕް އޭ)
22:30: އުޒްބެކިސްތާން – ސީރިއާ (ގުރޫޕް ބީ)

އޭއެފްސީ އޭސިއަން ކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށް ދާނީ މިމަހުގެ 12 އިން ފެށުގެން އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ގަތަރުގައެވެ.