English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރ އޮފް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަގާމަށް، މޭޖަރ ރިޓަޔަރޑް އަޙްމަދު ފައިޞަލް ޢައްޔަނު ކުރައްވައިފިއެވެ.

މޭޖަރ ރިޓަޔަރޑް އަޙްމަދު ފައިޞަލް ކޮމާންޑަރ އޮފް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަގާމަށް ޢައްޔަނު ކުރެއްވިއިރު، މިއީ މި މަޤާމަށް އޭނާ ފުރުއްވާ ދެވަނަ ފަހަރެވެ.

މީގެ ކުރިން މޭޖަރ ރިޓަޔަރޑް އަޙްމަދު ފައިޞަލް އެ މަޤާމުފުރުއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ޒައާމަތުގައެވެ. އެއީ 2016 އަދި 2017 ގައެވެ.