31 ޑިސެންބަރު 2023 އިން 1 ޖަނަވަރީ 2024 އާ ދެމެދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ގޮފިތަކާއި ޚިދުމަތްދޭ މަރުކަޒުތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ އާ އަހަރާ ގުޅިގެން ބަންދުކުރުމަށްފަހު ބޭންކް އަލުން ހުޅުވޭނީ 2 ޖަނަވަރީ 2024 ގައި ކަމަށެވެ.
ބޭންކް ބަންދުކުރެވިފައިވީނަމަވެސް، މި ދުވަސްތަކުގައިވެސް ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމްތަކުންނާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން، ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެންވެސް ޚިދުމަތް ހޯދޭނެ ކަމުގައި ބީއެމްއެލް އިން ބުނެފައިވެއެވެ.