English Edition
Dhivehi Edition

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއް ކަމުގައިވާ އެލައިޑް އިންޝުއަރެންސްގެ އައްޑޫ ބްރާންޗް ލިންކްރޯޑަށް ބަދަލުކޮށްފިއެވެ.

ހިތަދޫ މެދުވަލު ސަރަހައްދުން ލިންކުރޯޑުގައިވާ އަދާރާ ގޭގެ ގޯތީގައި ހަދާފައިވާ މި އިމާރާތުގައި އެލައިޑުގެ ޚިދުމަތް ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ހިތަދޫގެ ބިސްނަސް ސެންޓަރ އެއްކަމަށް ހިމެނޭ މައި މަގަކަށް އެލައިޑްގެ އޮފީސް ބަދަލުކުރީ އެކުންފުނިން އައްޑޫގައި ދެމުން އަންނަ ޚިދުމަތް ރައްޔިތުންނަށް ގާތުން ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށް ކަމަށް އެލައިޑުން ބުނެއެވެ. މި މަގުގައި ބޭންކުއޮފް މޯލްޑިވްސްގެ ހިތަދޫ ބްރާންޗްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ބްރާންޗާއި ޓްރާސްޕޯޓް މިނިސްޓްރީގެ ބްރާންޗްގެ އިތުރުން އިންޝުއަރެންސް ޚިދުމަތް ދޭ އިތުރު އޮފީސްތައް ވެސް ހުރެއެވެ.

މީގެ ކުރިން އެލައިޑްގެ އޮފީސް އައްޑޫގައި ހުޅުވާފައި ހުރީ ހިތަދޫ ނިއުޝާން ގޯޅިތެރޭގައި ހުރި ގެއެއްގައެވެ. އެލައިޑުން ބުނީ އައު އޮފީހަށް ހިދުމަތްތައް ބަދަލުވުމާ އެކު އެލައިޑުގެ ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދީ އަދި ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަލަށް ހުޅުވި އޮފީހަކީ ހިތަދޫގެ ލިންކްރޯޑުގައި އާންމުންނަށް ފަސޭހަކަމާ އެކީ އައިސްގޮސް އުޅެވޭނެ ހިސާބެއްގައި ހުރި ތަނެއް ކަމަށް އެލައިޑުން ބުންޏެވެ.

މާލޭގައިވާ އެލައިޑުގެ އޮފީހުންލިބޭ ހުރިހާ ހިދުމަތްތަކެއް ވެސް ދޭ އައްޑޫ އޮފީހުން ލިބޭއިރު
އެލައިޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ.