English Edition
Dhivehi Edition
ޑރ.މުޙައްމަދު މުޢިއްޒު އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސްވެރިން

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ މަޤާމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ކޯލިޝަން ލީޑަރުގެ މަޤާމަށް ރައީސް މުޢިއްޒު އިންތިޚާބުކުރީ ރޭ ބޭއްވި ޕީޕީއެމް- ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ފެށުމެއް ކަމަށާއި ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީން ކުރެވޭ ކަންކަން ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.