English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތައް ހޯދައިފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ރީނދޫ ކުލައިގެ 6 ހަން، 500އެމްއެލްގެ 2 ފުޅި އަދި ބަނގުރާ ކައްކަން ބޭނުންކޮށްފައި ހުރި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 4 ވަނަ ދުވަހު ދަންވަރު 1:18 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެތަކެތި ފެނިފައިވަނީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ހަދާފައި ހުރި ހަޓެއްގެ ތެރެއިންނެވެ. މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.