English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު ކަމަށް މާލޭ ދަފްތަރު 1548 މުހައްމަދު ޒާހިދު އައްޔަން ކުރައްވައިފިއެވެ. އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު މެމްބަރު ކަމުން އިސްތިއުފާދެއްވުމުންނެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޒާހިދުއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ . އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 57 މެމްބަރުން ވޯޓުންނެވެ. ޒާހިދު މިހާތަނަށް ހުންނެވީ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ ޒާހިދު އަކީ އެޗްއާރްސީއެމްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.