English Edition
Dhivehi Edition

ލީޑިން އެއާޕޯޓު ހޮޓެލް އެވޯޑު އީކުއޭޓަރވިލެޖަށް ލިބުމުން އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް އެތަނުގައި ޕާޓީއެއް ބާއްވައިފިއެވެ.

“އަފިރިންގެ ކާމިޔާބީ” ގެ ނަމުގައި އީކުއޭޓަރވިލެޖުގައި ރޭ ބޭއްވި މި ޕާޓީގައި އެތަނުގެ ގިނައަދަދެއްގެ ސްޓާފުންނާއި މެނޭޖަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރަށް އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި، ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރޭގެ ޕާޓީ ކުރިއަށްދިޔައިރު އީކުއޭޓަރވިލެޖާބެހޭ ގޮތުން އެތަނުގެ ބައެއް މުއައްޒަފުންގެ ޝުއޫރުވެސްވަނީ ފާޅުކޮށްފައެވެ. އީކުއޭޓަރވިލެޖަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެއުފަލުގައި ބޭއްވި ޕާޓީގައިވަނީ ކޭކެއްވެސް ފަޅައިފައެވެ. ކޭކު ފަޅައިދީފައިވަނީ އެތަނުގެ އެންމެ ގިނަދުވަސްވީ ބައެއް ސްޓާފުންނެވެ.