English Edition
Dhivehi Edition
ފުލުހުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފޮޓޯ: ޕޮލިސް އެމްވީ

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 111 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޒު މުހައްމަދު ފައިސަލްއެވެ. އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ 111 ފުލުހުންގެ ތެރޭގައި ހިމެނެނީ އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންނެވެ.

މީގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުންނެވެ. ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.

ޓެގު