English Edition
Dhivehi Edition
ފަހި ދިރިއުޅުމުން ހަދާ ބައެއް ޓަވަތައް/ފޮޓޯ އެފްޑީސީ

ކުރީގެ ސަރުކާރުން ބިމާއި ފްލެޓް ދޭން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓު، ރިވިއުކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭ ދޫކޮށްފައިވާ ހުރިހާ ފްލެޓުތަކެއް ރިވިއު ކުރައްވާނެކަމަށެވެ.

“ރިޔާސީ އިންތިޚާބު ކާމިޔާބު ވުމަށް ފަހު ރައީސް މުޢިއްޒު ، އިލްތިމާސް ކުރެއްވީ ފްލެޓާއި ބިން ދޫކުރުން މަޑުޖައްސާލުމަށް,” އެނިންމެވުމާއި އެއްގޮތަށް މިސަރުކާރުން ލިސްޓު ރިވިއުކުރާނެ. މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓްތައް ރިވިއުކުރާނީ އޭސީސީގެ ލަފާގެ ދަށުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވިފަހުން ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ބިންތައް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަން އޭރުގެ ސަރުކާރުން ކޮށްފައިވަނީ އެކަން ނުކުރަން އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

ކުރީ ސަރުކާރުން ވަނީ މި ފްލެޓްތައް 15 ހާހަށް ވުރެ ގިނަ މީހުންނަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް މީގެތެރެއިން އެއްވެސް ފްލެޓެއްގެ މަސައްކަތެއް އަދި ނުނިމެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ބުނެފައިވަނީ ދެ ޕްރޮޖެކްޓެއް ގޮތަށް ކުރިއަށްގެންދާ ފްލެޓުތައް އެއްކޮށް ނިންމާލެވޭނީ 2025ގެ ކުރީކޮޅުކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ އަދި އެންބީސީސީންނެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

.