English Edition
Dhivehi Edition

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހަށް ފަސް މިނިސްޓަރުން ނާއި އެކު 16މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.

އާ ސަރުކާރުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރެއްވުމަށް ފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރައީސް ޑރ.މުޢިއްޒުއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުން

  1. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް- ޢަލީ ޢާރިފް
  2. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- ޢަބްދުﷲ ނާޞިރު
  3. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް- އާދަމް ރަމީޒް
  4. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން- އިބްރާހީމް ޚަލީލް
  5. މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް- އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު

މިރޭ ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢަބްދުﷲ ފަޔާޒް އަދި ސީނިއާ މިނިސްޓަރު ފެންވަރުގައި ރައީސްގެ ޚާއްސަ އެޑްވައިޒަރަކަށް ޢަބްދުއްރަހީމް ޢަބްދުﷲ ވެސް ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުގެ މަގާމުތަކަށް އައްޔަން ކުރެއްވި އެހެން ބޭފުޅުން:

  1. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް
  2. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް- މުޙައްމަދު ނަޞީރު
  3. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް- އަޙްމަދު ޢަލީ ޙަބީބް
  4. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް- މުޙައްމަދު ޝާހިދު
  5. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސް- ޙުސައިން ޢާމިރު
  6. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް- އަލްއުސްތާޛު ޢައްބާސް ޝަރީފް
  7. ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ- ޑޮކްޓަރ ޢާއިޝަތު އިކްރާމް
  8. ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް- މުޙައްމަދު ޢަލީ ޖަނާޙް
  9. އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް- މުޙައްމަދު ޚަލީލް

ރައީސް އޮފީހުން ވިދާޅުވީ އެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް އާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލަކީ އެއްވެސް މުސާރައެއް އަދި އިނާޔަތެއް ނުނަންގަވާ ގޮތަށް ހަމަޖައްސަވާފައިވާ ދެ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑރ. އަލީ ނަސީރު މުޙައްމަދާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަޤާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވައިފައެވެ.