English Edition
Dhivehi Edition

އިސްރާއީލަކީ އަސްކަރީ ގޮތުން ވިޔަސް ނުވަތަ އެހެން ގޮތަކުން ވިޔަސް ލުބުނާނުގެ ހިޒްބުﷲ އާއި އަޅާބަލާއިރު އެތަކެއް ގުނައެއް ބަލިކަށި ގައުމެއް ކަމަށާއި އިސްރާއީލު އަންދާ އަޅިއަށް ހަދާލާހައި ބާރު ހިޒްބުﷲގެ އެބަ ހުރިކަމަށް ހިޒްބުالله އާއި ގުޅިފައިވާ ލުބުނާނުގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު ޝެއިޚް ސާޑެކް އަލް ނަބޫލްސީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ސާޑެކް އަލް ނަބޫލްސީ ވިދާޅުވީ އިސްރާއީލު ނައްތާލުމުގެ ފުރިހަމަ ޤާބިލުކަން ހިޒްބުﷲ އަށް ލިބިފައި ވާކަމަށާއި މީގެ ކުރިންވެސް އެކަން ހިޒްބުﷲ އިން އިސްރާއީލަށް ސާބިތުކޮށްދީފައިވާކަމަށެވެ.

ޝެއިޚް ސާޑެކް އަލް ނަބޫލްސީ ވިދާޅުވީ އެމެރިކާއިންވެސް އަދި އިސްރާއީލުން ވެސް ހިޒްބުﷲ ދެކެ ބިރުގަނެ ޖެހިލުން ވުމަކީ ހަގީގަތެއް ކަމަށާއި މިހާރު ކުރަމުން ގެންދާ ހަމާސް އިސްރާއީލު ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ރަސްމީކޮށް ވަދެފާނެތީ އެ ދެ ގައުމުންވެސް ކަންބޮޑުވެ ޖެހިލުންވާކަމަށެވެ. އަދި އިސްރާއީލާއި އެމެރިކާއިން ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ތަކުރާރުކޮށް އިންޒޜު ދެމުން ދަނީވެސް މި ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެއިޚް ސާޑެކް އަލް ނަބޫލްސީ އިތުރަށް ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކަކީ އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގާ ޤަތުލުއާންމުތަކެއް ކަމަށާއި މިކަމުގެ ހައްޤު އަދަބު އެމީހުންނަށް ވަރަށް ރަނގަޅަށް ލިބެން ޖެހޭނޭކަމަށެވެ.

1 ކޮމެންޓް
ޒާހިދު
ނޮވެމްބަރު 13, 2023
މިތިބަ އަރަބިންނަށްވުރެ ނާގާބިލު އެކަމަކު ފޮނިކަނޑާ ބަޔަކު މަ ނުދެކެން