English Edition
Dhivehi Edition
އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް

ފެނަކަ ކޯޕަރޭޝަންގެ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިންތިގާލީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިގާލީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކުން އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު ތިން މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. އެ ގޮތުން ފާހަގަކުރެވުނު ކަންތައްތަކަކީ ކުންފުނިތަކުގެ ދަރަނީގެ ހާލަތު، މާލީ ހިންގުމާއި އިދާރީ ހިންގުމުގައި ހަރުދަނާކަން ނެތުން އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރަޔަކަށް ވުން ހިމެނެއެވެ.

ފިރުޒުލް އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.

  • 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ
  • 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ
  • 1،149 ވެންޑަރުންގެ ބިލުތަކަށް ފެނަކަ އިން ފައިސާ ނުދައްކާ

މީގެ އިތުރުން 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި 2،756 މުވައްޒަފުން ތިބިއިރު އެ އަހަރުގެ ނިޔަލަށް މުސާރައިގެ ގޮތުގައި މުވައްޒަފުންނަށް މަހަކު 23 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް ފެނަކައިގައި 8،126 މުވައްޒަފުން ތިބިއިރު މިހާރު މުވައްޒަފުންގެ މުސާރަ އަށް މަހަކު 82 މިލިއަން ރުފިޔާ ދައުލަތުން ހަރަދުވާކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ،