English Edition
Dhivehi Edition

ގާޒާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ފިލްމީ ފަންނާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ގޭގެއަށް ގޮސް ފައިސާއަށް މަސައްކަތްކޮށް ދޭން ނިންމައިފިއެވެ.

މާލޭގެ ގޭތަކަށް ގޮސް ފަންނާނުން މަސައްކަތްކޮށް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށެވެ. ފިލްމު އެސޯސިއޭޝަނުން ވަނީ ފިލްމީތަރިން ގެންގޮސް މަސައްކަތެއް ކުރުވަން އެދޭ ފަރާތްތަކުން 9911000 އަށް ގުޅުމަށް އެދިފައެވެ.

ދިވެހި ފިލްމް އެސޯސިއޭޝަންގެ މެމްބަރުންނާއި ދިވެހި ފަންނާނުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތައް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާލާފައެވެ، މި ގޮތުން 27 އޮކްޓޯބަރުގައި މާލޭ އާޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު 28 އޮކްޓޯބަރުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ވަނީ ބާއްވާފައެވެ. އަދި މި މަހުގެ 29 ،30، އަދި 31 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދިވެހި ހިޓު ފިލްމުތައް އަޅުވަމުން އަންނައިރު މި ފިލްމުގެ ޓިކެޓުގެ އަގަކީ 100 ރުފިޔާއެވެ،

މީގެ އިތުރުން ނޮވެމްބަރު 3 ވަނަ ދުވަހު އާންމުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް މަސް ރޭހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ، މި މަސް ރޭހުގައި ބައިވެރިވުމަށް ގުޅާނީ 7978825، އިސްމާއިލް ޝަފީގަށް، ނުވަތަ 7782530، ހަސަން އަށެވެ، މި މަސްރޭހުގައި ބާނާ މަސްތައް ވިއްކުން ވެސް އޮންނާނީ ހުޅުމާލެ ރަށު މާކެޓް ކުރިމަތީގައެވެ،