English Edition
Dhivehi Edition
ލ.ފޮނަދޫ

ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރަން ނިންމާފައިވާ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. ” މި 3 ކަރުދާސް ދޫކޮށްފައިވަނީ އަޅުގަނޑުމެންގެ ޔަގީން ވޯޓަކަށް. ވޯޓު ބާތިލު ކުރަން މިފަދަކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އެދެން. ” މޫސާ ސިރާޖު ވިދާޅުވިއެވެ.