English Edition
Dhivehi Edition

ޝަމްސުއްދީން ސްކޫލުގެ 7 ވަނަ މަދަހަ މުބާރާތް މިއަދު އެ ސްކޫލުގައި ބާއްވައިފިއެވެ. މިއަދު ހެނދުނު 9:00 އިން ފެއްޓި މި މުބާރާތުގައި 6 އުމުރުފުރާއެއްގެ ދަރިވަރުން ވަނީ މަދަހަ ކިޔާފައެވެ. އުމުރުފުރާތައް ބަހާލައިފައިވަނީ 5 އަހަރުން ދަށުގެ އުމުރުފުރާ، 6 އަހަރުން ދަށުގެ އުމުރުފުރާ، 7 އަހަރުން ދަށުގެ އުމުރުުފުރާ، 9 އަހަރުން ދަށުގެ އުމުރުފުރާ އަށާއި 11 އަހަރުން ދަށުގެ އުމުރުފުރާ އަދި 13 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. މި މުބާރާތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ޝަމްސުއްދީން ސްކޫލުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންެގެ މެދުގައި މަދަހަ ކިއުމަށް ޝައުގު އުފެއްދުމާއި ދަރިވަރުންގެ ހިތްތަކުގައި މަދަހަ ކިއުމަށް ލޯބި ޖެއްސުމެވެ. ޝަމްސުއްދީން ސްކޫލުން ބުނީ މިފަހަރު މުބާރާތުގައި ދަރިވަރުން ހުށަހެޅި ހުށަހެޅުންތައް ވަރަށް ރަނގަޅު ކަމަށާއި ބައިވެރިވި ކުދިންގެ އަދަދާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މި މުބާރާތުގައި ވަނަތަކަށް ދާ ދަރިވަރުންނަށް އިނާމް ދިނުން އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ރޭ ޝަމްސުއްދީން ސްކޫލްގައެވެ.