English Edition
Dhivehi Edition

ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ،

ފުލުހުން އެ މައްސަލަ އާއި ގުޅޭ ވީޑިއޯއެއް އާންމުކޮށްފައިވާއިރު އެ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިހުން ތަހުގީގުކުރަމުންދާ، ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރީގައި ޕާކް ކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ކާކުކަން ނޭގޭކަމަށެވެ. އަދި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

 

ޓެގު