English Edition
Dhivehi Edition
ހއ. ދިއްދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ފޭސްބުކް (ދިއްދޫ ކައުންސިލް)

ހއ. ދިއްދޫ ފަރަށް އެރި އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާ އަދި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހިލަ ބަރުކޮށްގެން ދިޔަ އެމްއެމް އެކްސްޕޯޓްގެ “މުތާ ޕްރިންސަސް” ނަމަކަށް ކިޔާ ޓަގު ބޯޓު ހއ. ދިއްދޫ ފަރަށް އަރާފައިވަނީ މި އަހަރުގެ މޭ މަސް ތެރޭގައެވެ. ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ބަރުކޮށްގެން ދިޔަ ބާޖާއި ޓަގު ދިއްދޫ ފަރަށް އަރާފައި ވަނީ ރަށަށް ހިލަ ހުސް ކުރުމަށް ފަހު އަނބުރާ ދާން އުޅުމުގެ ތެރޭގައެވެ.

މި ޓަގު ބޯޓު ފަރަށް އެރުމާ ގުޅިގެން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ދިއްދޫ ފަރަށް ލިބުނު ގެއްލުން ސާވޭ ކޮށްފައެވެ. އީޕީއޭން އެކުލަވާލި ރިޕޯޓްގައި ވާ ގޮތުން މި ހާދިސާގައި ދިއްދޫ ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ ޖޫރިމަނާ އަށްވާ 100 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުތަކުގެ ރާއްޖޭގެ އޭޖެންޓު، އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.