English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއް ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލައް ކުރިއަށް ދާ މި އޮފަރ ގެ ދަށުން އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ހޯމްބްރޯޑްބޭންޑް ގެ ޙިދުމަތައް އެދޭ ފަރާތްތަކަށް ހިދުމަތް ހޯދުމަށް ބޭނުންކުރާ ޑިވައިސްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެކަމަށެވެ. އަދި އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ގެ ޙިދުމަތައް މޫލީ މެދުވެރިކޮށް އެދުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑިވައިސް މުޅިން ޑެލިވަރީ ކޮށްދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފަސޭހަ މިނީ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖް ތަކަކީ ބޮޑެތި ޑޭޓާ އެލަންވަންސްތަކާއެކު ސްޓްރީމިން ޑޭޓާ އާއި ރެގިއުލާ ޑޭޓާ ހިމަނައިގެން ފަރުމާކުރެވިފައިވާ ފުރިހަމަ ޕެކޭޖްތަކެކެވެ. މި ގޮތުން ސްޓްރީމިން ޕްލެޓްފޯމްތަކަށް ހާއްސަ ޑޭޓާ ވީޑިއޯ ސްޓްރީމްކުރުމަށް ބޭނުންކުރެވޭއިރު، ސޯޝަލް މީޑިއާ ބޭނުންކޮށް، ޗެޓް ކޮށް، އަދި އިންޓަނެޓް ބްރައުޒް ކުރުމަށް ރެގިއުލަރ ޑޭޓާ ބޭނުންކުރެވޭނެއެވެ.

އުރީދޫ އިން ބުނީ ފަސޭހަ ހޯމްބްރޯޑްބޭންޑް ނަގާ ފަރާތްތަކަށް ލިބޭ ފަސޭހައަކީ ކޭބަލް އެޅުމަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެކަމަށެވެ، އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރާ ފަރާތްތަކާ އަދި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ފަސޭހަ މިނީ އަކީ ދަތުރުމަތި އަދި ކެފޭ ރެސްޓޯރެންޓް ފއަދި ކޮންމެތާކުވެސް މަސައްކަތްކޮށްލުމަށް ނުވަތަ އިންޓަނެޓް ބޭނުންކޮށްލުމަށް ވަރަށް ފުރިހަމަ ހިދުމަތެކެވެ. ޖީބަށް ލެވޭ ސައިޒަ ގެ މި ކުޑަ ޑިވައިސް ޗާރޖް ކޮށްލައިގެން ކޮންމެތާކުންވެސް އިންޓަނެޓް ގެ ހިދުމަތް ބޭނުންކޮށްލެވޭނެއެވެ.

ފަސޭހަ އަދި ފަސޭހަ ހޯމްބަރޯޑްބޭންޑް ގެ ހިދުމަތް އެކްޓިވޭޓްކޮށް، ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކުރުމަށް ފަސޭހަ ސެލްފްކެއަރ ޕޯޓަލް އިން ބަލާލެވޭނެއެވެ،

ފަސޭހަ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖްތަކުގެ މައުލޫމާތު https://www.ooredoo.mv/broadband/faseyha ލިބިގެން ދާނެއެވެ،