English Edition
Dhivehi Edition

މީގެ 23 އަހަރުކުރިން ޑައިރެކްޓަރު ދަރުމޭޝް ދަރުޝަން ގެނެސްދިން މަޝްހޫރު ލޯބީގެ ވާހަކަ “ދަޅުކަން” ގެ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

‘ދަޅުކަންގެ’ ސީކުއެލްއެއްގެ މަސައްކަތް ކުރަމުން އަންނަ ކަން ކަށަވަރުކޮށްދެމުން ދަރުމޭޝް ބުނީ ދެވަނަ ފިލްމުގެ މަސައްކަތް ފެށީ އޭގެ ސީކުއެލްއެއް ގެނެސްދޭނެތޯ ގިނަ ބަޔަކު އަބަދުވެސް އަހާތީ ކަމަށެވެ. . ދަރުމޭޝް ބުނީ މި ފިލްމުގެ ދެވަނަ ބައެއް ހަދަން ދަޅުކަންގެ ޕްރޮޑިއުސަރު ރަތަން ޖެއިން ވެސް އެދެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެކަމަށާ އެހެންނަމަވެސް ދަޅުކަން އަކީ ގިނަ ބަޔަކު ލޯބިވާ ކްލެސިކް ފިލްމަކަށް ވާތީ މިކަން ކުރަން ފަސްޖެހުނީ ކަމަށެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި މި ފިލްމުގެ ފުރަތަމަ ބައިން ޝިލްޕާ ޝެޓީ، ސުނިލް ޝެޓީ އަދި އަކްޝޭ ކުމާރު ފެނިގެން ގޮސްފައިވާއިރު، ދަޅުކަންގެ ސީކުއެލް ގައި ހިމަނާނެ ތަރިންނާ މެދު އަދި ވިސްނާފައިނުވާކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ދަރުމޭޝް ބުނީ ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ތިން ކޮންސެޕްޓެއް އެބައިން ކަމަށާ، މި ފިލްމާ ގުޅޭ އިތުރު މަޝްވަރަތައް ޕްރޮޑިއުސަރު ރަތަން ޖެއިން އާއި އެކު ކުރިއަށް ދާ ކަމަށެވެ.