English Edition
Dhivehi Edition

ހުޅުމާލެ ފޭސް-2 އިން މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އ. ދިއްދޫ / ގުލްފާމްގެ، އިސްމާއީލް މާހިރު (50އ)ކަމަށެވެ.

އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވާކަމަށެވެ. އަދި މި މައްސަލަ ރޭ ދަންވަރު 1:08 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު