English Edition
Dhivehi Edition

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް ދުނިޔޭގެ މުސްލިމު ގައުމުތަކަށް ކުރިމަތިވާ އެކިއެކި ކާރިސާތަކުގައި ހާލުގައި ޖެހޭ އާއިލާތަކަށް ބޮޑެތި ދީލަތި އެހީތައް ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ.

އެގޮތުން ދުނިޔެއަށް ފަހުގެ ތާރީޚުތަކުގައި ކުރިމަތިވެފައިވާ ބޮޑެތި ގުދުރަތީ ކާރިސާތަކުގައި ހާލުގައި ޖެހުނު ފަރާތްތައް، ނުވަތަ ގައުމުތަކުން ހާލުގައި ޖެހޭ ރެފިއުޖީންނަށް ރޮނާލްޑޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން ދާދިފަހުން ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި އެ ދެގައުމުން ހާލުގައި ޖެހުނު އެތައް ހާސް އާއިލާތަކަކަށް ރޮނާލްޑޯ ވަނީ ފައިސާގެ އެހީތެރިކަމާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިފަހަރު އަނެއްކާ ވެސް ރޮނާލްޑޯ މިވަނީ އެފަދަ ދީލަތި އެހީތެރިކަމެއް މޮރޮކޯގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެގައުމުން ހާލުގައި ޖެހުނު އެތަކެއް ހާސް އާއިލާތަކަކަށެވެ. ދުނިޔޭގެ މީޑިއާ ރިޕޯޓުތަކުން ރިޕޯޓު ކުރާ ގޮތުގައި މޮރޮކޯއަށް އައީ ރެކްޓަރ މިންނޑުން 6.8 ބާރުމިނުގެ ބިންހެލުމެކެވެ. އަދި މި ބިންހެލުމުގައި އެގަމުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތަކެއް ހާސް ބަޔަކު ޒަޚަމްވެ، އެތަކެއް ހާސް އާއިލާތަކެއް ވަނީ ގެދޮރު ސުންނާފަތިވެ ހާލުގައި ޖެހިފައެވެ.

އެގޮތުން މޮރޮކޯގެ މަރަކޭޝް ގައި ހުންނަ ރޮނާލްޑޯގެ ހަތަރު ތަރީގެ ލަގްޒަރީ ހޮޓާ ” ޕަސްތާނާ ސީއާރު 7 ހޮޓަލް” މިވަނީ މޮރޮކޯއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހަދިޔާކޮށްފައެވެ. ރޮނާލްޑޯގެ ހަތަރު ތަރީގެ މި ލަގްޒަރީ ހޮޓަލަކީ އެއްފަހަރާ އެތައް ހާސް ބަޔަކަށް އެކަމަޑޭސަންގެ ޚިދުމަތް ފޯރުކޮށްދެވޭ ގޮތަށް ހަދާފައި ހުންނަ ބޮޑު ހޮޓަލެކެވެ.

ރޮނާލްޑޯގެ ހަތަރޔު ތަރީގެ ލަގްޒަރީ މި ހޮޓެލް މޮރޮކޯގެ ރެފިއުޖީންހެ ސައިޓަކަށް ބޭނުންކުރަން ހަދިޔާ ކުރުމަށް ފަހު މީޑިއާއަށް އޭނާ ބުނެފައިވަނީ މޮރޮކޯއަށް މި ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށާއި އަދި މި ކާރިސާގައި ހާލުގައި ޖެހުނު އާއިލާތަނަށް ހެޔި ދުއާ ފޮނުވާކަމަށެވެ..