English Edition
Dhivehi Edition

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ބޭފުޅަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވި، ދެވަނަ ބުރަކަށް ދާންޖެހިދާނެކަން ނަތީޖާތަކުން ދައްކައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ދަތުރު ކުރައްވާނެ ކަމަށް ދައްކަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާގައި ޑރ. މުއިއްޒަށް ވަނީ 45 އިންސައްތައިގެ ތާއީދެއް ލިބިވަޑައިގެންފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 40 އިންސައްތައެވެ.

ވަގުތީ ނަތީޖާ އިއުލާނު ކުރުން މިހާރު ވެސް ކުރިއަށް ދާއިރު، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހު 30 ގައެވެ.