English Edition
Dhivehi Edition

ރިޔާސީ އިންތިހާބު 2023 ގެ ވޯޓު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްޑރ މުޙައްމަދު މުއިއްޒު ލައްވައިފިއެވެ.

ޑރ.މުޢިއްޒު ވޯޓުދެއްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ހުރި މާފަންނު ދެކުނުގެ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނު ދެންމެ ވޯޓުދެއްވިއިރު ހެނދުނު އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފުވެސް ވޯޓުދެއްވާފައިވެއެވެ.

ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު އަދި އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގެ ބޭފުޅުންގެ އިލްތިމާސަކީ ހުރިހާ ރައްޔިތުންވެސް ސުލްހަވެރިކަމާއެކު ޤާނޫނީ ވާޖިބު އަދާކުރެއްވުމަށް ކަމުގައެވެ.

ހަމައެހެންމެ ފަހު ވަގުތާ ހަމައަށް މަޑުނުކޮށް ހުރިހާ އެންމެން ކުރިއާލައި ވޯޓުލާ މަރުކަޒުތަކަށް ގޮސް ވޯޓުދިނުމުގައި ބައިވެރިވުމަށްވެސް ޑރ.މުޢިއްޒު ވަނީ އިލްތިމާސްކުރައްވަވާފައެވެ.

“އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވީހާވެސް އަވަހަކަށް ވަޑައިގެން ވޯޓުދެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުމަކީ. ހަތަރެއް ޖަހާއިރަކީ ވޯޓުލާ ފޮށި ބަންދުކުރާ ވަގުތު އެހެންވީމާ އެއަށްވުރެ ކުރިން ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ އެދުމަކީ އަދި އިލްތިމާސަކީ،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހެނދުނު 8.00 ގައި ފެށިފައިވާއިރު އިންތިޚާބުގެ ވޯޓުލުން ނިމޭނީ ހަވީރު 4.00 ގައެވެ. ވޯޓުލުމަށް ކިއުގައި ބަޔަކު ނެތްނަމަ މެންދުރުފަހު 4.00 ގައި ވޯޓު ފޮށި ބަންދުކޮށް 4.30 ގައި ވޯޓު ގުނުން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ