English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

މިމަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިޖަހައި، ލޭންޑިން ކްރާފްޓްތަކަށް ބޭނުން ކުރެވޭނެ ރޭމްޕެއް ވަނީ ހަދާފައެވެ. އަދި ނެރުބައްތިއާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ހެދުމުގެ އިތުރުން މިމަޝްރޫޢުގެ ތެރެއިން، ބަނދަރުގެ ބޭރުން މޫދަށް އެރެން ޚާއްޞަ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.

އިން އެންޑް ބިލްޑިން އުސޫލުން މި މަޝްރޫއު ކުރިއަށް ކުރިއަށް ގެންދިއުމަށް އެމްޓިސީސީ އާއި ހަވާލުކުރީ 01 މާރިޗް 2020 ވަނަ ދުވަހުއެވެ. އެއް އަހަރާއި 10 ދުވަހުގެތެރޭގައި މި މަޝްރޫއު ނިންމުމަށް ހަވާލުކުރި އިރު މި މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާއެވެ.