English Edition
Dhivehi Edition

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނަށް ވަމުންދާ ވައުދުތައް ސަރުކާރުން ކޮޕީ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ،

ރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ފެންނަމުން ދަނީ އޭނާ ޕޯޑިއަމްއަކަށް އަރައި ވާހަކަ ދައްކާލާއިރަށް ކޮޕީ ކުރަމުންދާ މަންޒަރު ކަމަށެވެ.

މި ގޮތުން މި އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވަނީ ގދ.ތިނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ ރަށް ސިޓީ އަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހް ވަނީ ދެ ދުވަސްތެރޭ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު އެ ރަށް ސިޓީއަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން މުއިއްޒުގެ ޕާކިން ސްޓިކާ މައާފުކޮށްދޭނެ ކަމުގެ ވައުދާ އެކު އިއްޔެ ރައީސް ސޯލިހް ވަނީ ޕާކިން ސްޓިކާ މައާފުކޮށް ދެއްވާފައެވެ.

މިކަންކަމަށް އަލިއަޅުވާލަމުން މުއިއްޒު ވިދާޅުވީ ތިނަދޫގައި ބޭއްވި ޖަލްސާގައި ތިނަދޫއަކީ މިހާރުވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޓީއަކަށް ބޭނުންވާ ވަރަށް އިންފްރާސްޓަރަކްޗާ ގާއިމުކޮށްފައިވާ ރަށަކަށް ވާތީ އާބާދީގައި 10،000 ހަމަ ނުވިކަމުގައި ވިޔަސް ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ރަށް ސިޓީއަކަށް ހަދާނެ ވާހަކަ އިއުލާންކުރުމާއެކު ރައީސް ސޯލިހް ދެ ދުވަހުގެ ތެރޭގައި އެކަންވެސް ކޮށްފައިވާކަމަށެވެ. ސަރުކާރުގެ އެ ނިންމުމަށް އުފާވާކަން ހާމަކުރަމުން މުއިއްޒުވަނީ ތިނަދޫ ރައްޔިތުންނަށް މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ނަން ބޯޑު ޖަހާފައި ހުރި ކިތަންމެ ރަށަކަށް ވެސް ދެވިއްޖެ ކަމަށާއި އެގޮތުން ނަމުން ހޮސްޕިޓަލު ކިޔަައިގެން އުޅޭ ތަންތަނުގައި އާދައިގެ ހެލްތު ސެންޓަރަކަށްވުރެ ވެސް ހިދުމަތް ދަށް ކަމަށެވެ. އިތުރަށް މުއިއްޒު ވިދާޅުވީ މިހާރުގެ ޖީލަަކީ ތައުލީމީ ޖީލެއް ކަމަށާއި އަދި މިި ޖީލު ހުރީ ކަންކަމަށް ލޯ ހުޅުވިފައި ކަމަށެވެ.